ޓިއުޝަން ސެންޓަރުގެ ވެރިޔާ: ކުޑަ ކުއްޖާއަށް 3 އަހަރު ތަކުރާރުކޮށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު
ސަން
17 ފެބްރުއަރީ 2026 | އަންގާރަ | 10:09
ޖިންސީ ގޯނާގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރުގެ ވެރިއެއް, މެދުކެނޑުމެއްނެތި ތިން އަހަރު ތަކުރާރުކޮށް ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައި ވާކަމަށް ފުލުހުން ތުހުމަތު ކޮށްފިއެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން މިއަދު ވަނީ އޭނާގެ ވަނަވަރު ހާމަ ކޮށްފައެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ, ހމ. ޚައިރާތު، މާލެ، އުމުރުން 27 އަހަރުގެ ޢަލީ އަފްލަޙު ކަމަށް ފުލުހުން ބުންޏެވެ. އޭނާއަކީ ވަރަށް ފުޅާކޮށް ޓިއުޝަން ދިނުމުގެ ވިޔަފާރި ކުރަމުން ދިޔަ މީހެކެވެ.