ސިނގިރޭޓު ފޮށި ތެރެއިން މަސްތުވާތަކެތި ފެނުމުން އުމުރަށް ޖަލަށް!

ސަން

17 ފެބްރުއަރީ 2026 | އަންގާރަ | 9:48

ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ދެ ފަހަރެއްގެ މަތިން މަސައްކަތްކޮށް ވެސް ކުރިއެރުމެއް ނުލިބުނު، މަސްތުވާތަކެތި ޓްރެފިކް ކުރި މީހަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

މިއީ، ހދ. ފިނޭ، ނެއްލައިދޫގޭ އަދުނާން މުހައްމަދުގެ މައްޗަށް ތުހުމަތުވާ މައްސަލައެކެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ ޑައިމޯފިކް ޓްރެފިކް ކުރުމުގެ ދައުވާއެވެ. މި ދައުވާ ދައުލަތުން ހުށަހެޅީ މާލެ އަތޮޅު ގުޅީ މެޖިސްޓްރޭޓް ކޯޓަށެވެ.

ގުޅީ ކޯޓަށް ހުށަހެޅި މި މައްސަލައަކީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހު، މާލޭ ބޮޑުތަކުރުފާނު މަގުން ޓެކްސީއެއްގައި އިތުރު މީހަކާ އެކު، އަދުދާން ދަތުރުކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާ ހިފެހެއްޓި މައްސަލައެވެ. ފުލުހުން އޭނާ ހިފަހައްޓައި، ބެލިއިރު އޭނާގެ އަތުގައި އޮތް ސިނގިރޭޓް ފޮއްޓެއްގެ ތެރޭގައި އޮތް ޖޫސްޕެޓީ ކޮތަޅަކުން މަސްތުވާތަކެތި ވަނީ ފެނިފައެވެ.

މައުޟޫޢުތަށް