އުއްމީދަކީ ޗައިނާއާ އޮތް ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމުގެ ރައްޔިތުންނަށް ފައިދާކުރުން: ރައީސް
ސަން
17 ފެބްރުއަރީ 2026 | އަންގާރަ | 11:33
އުއްމީދަކީ، ޗައިނާއާ އޮތް ގުޅުން މުސްތަގުބަލުގައި އިތުރަށް ބަދަހިވެ، ދެ ގައުމުގެ ރައްޔިތުންނަށް ފައިދާކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވަނީ، މިއަދު ފާހަގަކުރާ ޗައިނާގެ އާ އަހަރުގެ ތަހުނިޔާ އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާއި ޗައިނާގެ ރައްޔިތުންނަށް ފޮނުއްވާފައެވެ.
މިގޮތުން، އެ ގައުމުގެ އަޒުމާއި ކާމިޔާބީން ރަމްޒުކޮށްދެނީ މިދިޔަ އަހަރުތަކުގައި ޗައިނާއިން ހޯދާފައިވާ ތަރައްގީގެ ލަނޑުދަނޑިތައް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.