ޑިމާންޑް ބޮޑުވެފައިވާ 20 ރުފިޔާއާއި 100 ރުފިޔާގެ އައު ނޫޓުތައް ދައުރުކުރަން ފަށައިފި
ސަން
17 ފެބްރުއަރީ 2026 | އަންގާރަ | 12:41
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ގެންގުޅޭ "ރަންދިހަފަހެއް" ނޫޓު ސީރީޒްގެ 20 ރުފިޔާ އާއި 100 ރުފިޔާގެ އަލަށް ގެނައި ނޫޓުތައް މިއަދު ބާޒާރަށް ނެރެ، ދައުރުކުރަން ފަށައިފިއެވެ.
އެމްއެމްއޭއިން ބުނީ އެ ފައިސާއަކީ އިގުްތިސާދުގައި އަލަށް އުފެދޭ ޑިމާންޑަށް ބިނާކޮށާއި އެމްއެމްއޭއަށް ލިބޭ ބައުވެ، ހަލާކުވެފައިވާ ނޫޓުތައް އައުކުރުމަށް ނެރޭ ބެޗެއް ކަމަށެވެ.
މަރުކަޒީ ބޭންކުން ބުނީ މިއަދު ބާޒާރަށް ނެރުނު ފައިސާގެ ތެރޭގައި ހިމެނެނީ މި މަހުގެ ދެވަނަ ދުވަހު އެ އޮތޯރިޓީއަށް ލިބުނު 100 ރުފިޔާގެ ނޫޓުތަކާއި، މިދިޔަ އާދިއްތައިގައި ލިބުނު 20 ރުފިޔާގެ ނޫޓުތައް ކަމަށެވެ.