މި މަހުގެ ފުރަތަމަ ހަފުތާއިން ދެވަނަ ހަފުތާއަށް، އެކްސިޑެންޓުތަކުގެ އަދަދު 31 ޕަސެންޓް ދަށްވެއްޖެ

ސަން

17 ފެބްރުއަރީ 2026 | އަންގާރަ | 5:38

މި މަހުގެ ފުރަތަމަ ހަފުތާއަށްވުރެ، ދެވަނަ ހަފުތާގައި މާލެއާއި ސިނަމާލެ ބްރިޖުގައި ހިނގާފައިވާ އެކްސިޑެންޓުތަށް 31 އިންސައްތަ ދަށްވެއްޖެއެވެ.

ފުލުހުން މިއަދު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް މާލެއާއި ބުރިޖު ހައިވޭ ހިމެނޭހެން ޖުމްލަ 43 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. އެއީ އޭގެ ކުރީ ހަފުތާގައި ހިނގާފައިވާ 63 އެކްސިޑެންޓާއި އަޅާ ބަލާއިރު 31 އިންސައްތައިގެ ދަށްވުމެކެވެ.

ފުލުހުން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން އެންމެ ގިނަ އެކްސިޑެންޓުތަކެއް ހިނގާފައި ވަނީ މާލޭގެ މަގުތަކުގައެވެ. އެގޮތުން ޖުމްލަ 37 އެކްސިޑެންޓެއް މާލޭގެ މަގުތަކުގައި ވަނީ ހިނގާފައެވެ.

މައުޟޫޢުތަށް