މައްސަލަ ހައްލުކޮށް، މޯލްޑިވް ގޭސްއާއި ވިލާއިން 10 ކިލޯގެ ގޭސް ވިއްކަން ފަށައިފި

ސަން

17 ފެބްރުއަރީ 2026 | އަންގާރަ | 5:00

ރާއްޖެއަށް ތެޔޮ އެތެރެކުރާ މޯލްޑިވް ގޭސްއާއި ވިލާއިން އާންމުކޮށް ވިއްކާ ވަރަށް ވުރެ މަދުން ގޭސް ވިއްކާތާ ދުވަސްތަކެއް ފަހުން، އެ މައްސަލަ ހައްލުކޮށް، 10 ކިލޯގެ ގޭސް ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރު ކުންފުނި މޯލްޑިވް ގޭސްއާއި ވިލާއިން ވިއްކަން ފަށައިފިއެވެ.

ދައުލަތުގެ ކުންފުނި އެސްޓީއޯގެ ސަބްސިޑަރީއެއް ކަމަށްވާ މޯލްޑިވް ގޭސްއިން ފާއިތުވި ދުވަސްތަކުގައި ވަނީ، މީގެ ކުރިން ވިއްކަމުން އައި 10 ކިލޯގެ ގޭހުގެ ބަދަލުގައި ހަތް ކިލޯގެ ގޭސް ވިއްކަން ފަށައިފައެވެ. އަދި ގޭހަށް އޯޑަރު ދިނުމުން، ގޭސް ލިބުން އިންތިހާއަށް ލަސްވާ ކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފައެވެ.

އެ މައްސަލަ ހައްލުނުވެ އުޅެނިކޮށް، ވިލާ ހަކަތައިން ވެސް ވަނީ ގޭސް ވިއްކާ މިންވަރު މަދުކޮށްފައެވެ.

މައުޟޫޢުތަށް