ފުލެޓުތަކުގެ ޖޫރިމަނާ މާފުކުރުމުން އާންމުން: ''މި ގައުމުގައި ބަޔަކީ ގާނޫނުތަކާ ޚިލާފުވާ މީހުން''

ސަން

17 ފެބްރުއަރީ 2026 | އަންގާރަ | 5:10

މާލޭގެ ގަލޮޅުގައި ހުންނަ ސިނަމާލެ ފުލެޓާއި މާލޭ ހިޔާ ފުލެޓުތައް މިލްކުކުރުމަށް ފައިސާ ދައްކާފައިވާ މީހުންނަށް އެއް ލައްކަ ރުފިޔާ ދިނުމަށާއި، އެ ފުލެޓުތަކަށް ފައިސާ ނުދައްކައިގެން އަރައިފައިވާ ޖޫރިމަނާތައް މާފުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން، އެއީ ނާއިންސާފު ނިންމުމެއް ކަމަށް ސިފަކޮށް ގިނަ ބަޔަކު ފާޑުކިޔައިފިއެވެ.

ސިނަމާލެ ފުލެޓުތަކާއި މާލޭ ހިޔާ ފުލެޓުތަކަށް 1990ގެ އަހަރުތަކުގައި މީހުން ބަދަލުވީއިރު އެއީ ޖާގަ ތަނަވަސް، އެ ޒަމާނަށް ބަލާއިރު ފެންވަރު ރަނގަޅު ފުލެޓުތަކެކެވެ. އޭގެ ފަހުން 35 އަހަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާއިރު، އެ ފުލެޓުތަކުގެ އެތެރެއާއި ބޭރުން ވެސް ފެންނަނީ ވީރާނާކަމެވެ.

އެ ފުލެޓުތަކުގެ ލިފްޓުތައް ހުއްޓުމާއި ވާރޭ ވެހިއްޖެ ނަމަ ފެން ފޭބުން ފަދަ އެތައް މައްސަލައެއް އެ އިމާރާތްތަކުގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެއެވެ. އެ މައްސަލަތަކަށް ހައްލެއް ގެނެސްދޭނެ ކަމުގެ އުއްމީދު، އެމްޑީޕީ އިސްކޮށް އޮތް ކައުންސިލްތަކާއި މިހާރުގެ ރައީސް މުއިއްޒު މޭޔަރުކަން ކުރެއްވި ކައުންސިލުގައި ވެސް ދީފައިވެއެވެ.

މައުޟޫޢުތަށް