"ހޭންޑީ"ގެ ބިއްލޫރި ފެންފުޅިތަކުން ޖަރާސީމު ފެނި، ބޭނުން ނުކުރަން އަންގައިފި

ސަން

17 ފެބްރުއަރީ 2026 | އަންގާރަ | 5:26

ރާއްޖޭގެ ބައެއް ރެސްޓޯރަންޓުތަކުގައި އާންމުކޮށް ބޭނުންކުރާ "ހޭންޑީ ވޯޓާ"ގެ ބިއްލޫރި ފެންފުޅިތަކުން ޖަރާސީމު ފެނުނު ކަމަށް ބުނެ، ބޭނުންނުކުރަން އަންގައިފިއެވެ.

މީގެ ކުރިން ބޭނުންކުރަމުން އައި ޕްލާސްޓިކް ފުޅިތަކުގައި ފެން ބޭނުންކުރުން ހުއްޓާލުމަށްފަހު، ބައެއް ރެސްޓޯރަންޓުތަކުން ހޭންޑީ ވޯޓާއަށް، ނުވަތަ ފިލްޓަރު ފެނަށް ބަދަލުކޮށްގެން ޚިދުމަތްދޭތާ އެތައް ދުވަހެއް ވަނީ ވެފައެވެ.

ރާއްޖޭގައި ކާބޯތަކެއްޗާއި ބޭހާ ބެހޭ އިދާރާ އެމްއެފްޑީއޭއިން މިއަދު ބުނީ، ހޭންޑީ ވޯޓާ ބޮޓްލިން ޕްލާންޓުން އުފައްދާ ހޭންޑީ ވޯޓާގެ 330 މިލިލީޓަރާއި ބައި ލީޓަރާއި އެއް ލީޓަރުގެ ފެން ބިއްލޫރި ފުޅިތަކުން ފެނިގެން ނުވާނެ ޖަރާސީމުތައް ފެނިފައިވާ ކަމަށެވެ.

މައުޟޫޢުތަށް