ޠާރިޤްގެ ސަރުކާރާއެކު، ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން ވަރުގަދަވާނެ ކަމަށް އުންމީދުކުރަން: ރައީސް
ސަން
17 ފެބްރުއަރީ 2026 | އަންގާރަ | 7:04
ބަންގްލަދޭޝްގެ އާ ބޮޑުވަޒީރު ޠާރިޤް ރަޙްމާންގެ ސަރުކާރާއެކު، ރާއްޖެއާއި ބަންގްލަދޭޝްގެ ގާތް ގުޅުން ވަރުގަދަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ބަންގްލަދޭޝްގެ ކުރީގެ ރައީސް ޒިޔާއުއްރަޙްމާނާއި ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިޔާގެ ދަރިކަލުން ޠާރިޤް، އެ ގައުމުގެ ބޮޑުވަޒީރުކަމުގެ ހުވާކުރެއްވީ މިއަދެވެ.
މިއީ 35 އަހަރުގެ ތެރޭ ބަންގްލަދޭޝްގެ ތާރީޚުގައި އެ ގައުމުގެ ބޮޑުވަޒީރުކަން ފިރިހެން ބޭފުޅަކު ކުރައްވާ ފުރަތަމަ ފަހަރެވެ.