ރޯދަ މަހަކީ ނަފުސު އިސްލާހުކޮށް، އީމާންތެރިކަން ވަރުގަދަކުރުމަށް ހިތްވަރުދޭ ބާއްޖަވެރި މައްސަރެއް: ސިޔާމް

ސަން

17 ފެބްރުއަރީ 2026 | އަންގާރަ | 8:53

ރޯދަ މަހަކީ ނަފުސު އިސްލާހުކޮށް، އީމާންތެރިކަން ވަރުގަދަކުރުމަށް ހިތްވަރުދޭ ބާއްޖަވެރި މައްސަރެއްކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު މިރޭ ވިދާޅުވެއްޖެއެވެ.

މިފެށޭ ރަމަޟާން މަހުގެ ތަހުނިޔާ ދިވެހި އެންމެހާ ރައްޔިތުންނަށް އަރިސްކުރައްވައި ސިޔާމް ފޮނުއްވި ޚިޠާބުގައި ވިދާޅުވީ، ރަމަޟާން މަހަކީ މާތް الله ތަޢާލާއާއި އަހަރެމެންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، އަމިއްލަ ނަފުސު އިސްލާހުކޮށް، އީމާންތެރިކަން ވަރުގަދަކުރުމަށް ހިތްވަރުދޭ ބާއްޖަވެރި މައްސަރެއް ކަމަށެވެ.

އެއީ ރޯދަ ހިފުމާއި ނަމާދުކުރުމާއި ޞަދަގާތްދިނުމާއި ރޭ އަޅުކަން އަދާކުރުމުގެ މަތިވެރި ދުވަސްތަކެއްކަމަށް ސިޔާމް ވަނީ ފާހަގަކުރައްވައިފައެވެ.

މައުޟޫޢުތަށް