ށ. ފުނަދޫގައި ގާއިމް ކުރާ ޓިވެޓް ސެންޓަރުގެ ބިންގާ އަޅައިފި
ސަން
17 ފެބްރުއަރީ 2026 | އަންގާރަ | 8:48
ށ. ފުނަދޫގައި ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރެއް އިމާރާތް ކުރުމުގެ މަޝްރޫއުގެ ބިންގާ މިއަދު އަޅައިފިއެވެ.
މިއީ މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން އިމާާރާތް ކުރާ ސެންޓަރެކެވެ. އެގޮތުން 17,500 އަކަފޫޓުގެ ބިމުގައި ބިނާކުރާ މި އިންސްޓިޓިއުޓަކީ ޒަމާނީ ވަސލަތްތަކާއެކު ދެ ބުރިއަށް ކުރާ އިމާރާތެކެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ށ. ފުނަދޫގައި ތަރައްޤީ ކުރެވޭ މި ޓިވެޓް ސެންޓަރުގައި، އެކި ފަންނުތައް ދަސްކޮށްދޭ، އެކި ލެވެލްގެ ޓެކްނިކަލް ވޮކޭޝަނަލް ކޯސްތައް ހިންގުމަށް މަގުފަހިވާނެކަމަށެވެ. އަދި މިއީ ރާއްޖޭގައި ކުރިއަށްދާ އެކިކަހަލަ ސިނާޢީ މަސައްކަތަށް ބޭނުންވާ ފަންނު ބިނާ ކުރުމަށް އެޅޭ ވަރަށް މުޙިއްމު ފިޔަވަޅެއް ކަމަށެވެ.