ދެ އިންތިޚާބު އެއްކޮށްލާ ވޯޓާއި ކައުންސިލު އިންތިޚާބަށް ރީރަޖިސްޓްރީވާން މާދަމާއިން ފެށިގެން ފަސް ދުވަސް

ސަން

17 ފެބްރުއަރީ 2026 | އަންގާރަ | 11:04

މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ޚިޔާލު ހޯދުމުގެ ވޯޓު، ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބާއެކު ބާއްވާނެކަން އާންމުކޮށް އިއުލާނުކޮށް، ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުން ރީރަޖިސްޓްރީވާން މާދަމާއިން ފެށިގެން ފަސް ދުވަސް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ކައުންސިލު އިންތިޚާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހުގެ ހެނދުނު އަށަކުން ފެށިގެން ހަވީރު ހަތަރެއް ޖެހުމާ ހަމައަށެވެ. އެ ދުވަހު އޮތީ މައި ދެ އިންތިޚާބު އެއްކޮށްލުމާ މެދު އާންމުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓުވެސް ނަގާ ގޮތަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ، ރީރަޖިސްޓްރީވުމުގެ ފުރުސަތު، މާދަމާއިން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް، ހެނދުނު 10އިން ފެށިގެން މެންދުރުފަހު ތިނެއް ޖަހަންދެން ހުޅުވާލައިފައެވެ.

މައުޟޫޢުތަށް