ރޯދަމަހު އައިޖީއެމްއެޗުން ޚިދުމަތްދޭ ގަޑިތައް އާންމުކޮށްފި

ސަން

18 ފެބްރުއަރީ 2026 | ބުދަ | 12:13

މިއަދު ފެށި މި އަހަރުގެ ރަމަޟާން މަހު ޚިދުމަތްތައް ދޭ ގަޑިތައް ސަރުކާރު ހޮސްޕިޓަލު އައިޖީއެމްއެޗުން އާންމުކޮށްފިއެވެ.

އައިޖީއެމްއެޗުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތްވަނަ ދުވަސް، ނުވަތަ ހަ ރޯދަ ނިމޭ ދުވަހުގެ ނިޔަލަށް ހުރިހާ ޑިޕާޓްމަންޓުތަކުގެ ކައުންޓަރުތަކުން ހެނދުނު 8:30 އިން މެންދުރު ފަހު 2:30އަށް ޚިދުމަތް ދޭނެއެވެ.

ލެބޯރެޓަރީގެ ޚިދުމަތްތައް ދޭ ގަޑިތަކަށް ބަލާއިރު، ގަވާއިދުން ހަދާ ޓެސްޓުތަކުގެ ސާމްޕަލް ނަގައި ބަލައިގަންނާނީ ހެނދުނު އަށަކުން ފެށިގެން ހަވީރު ފަހެއް ޖެހުމާ ހަމައަށެވެ.

މައުޟޫޢުތަށް