ކާބޯތަކެތި ފަސޭހައިން އެތެރެކުރެވޭ ގޮތް ހަދަން، ބޭންކުތަކަށް އިތުރަށް ބޭރު ފައިސާ ދޫކުރަނީ

ސަން

18 ފެބްރުއަރީ 2026 | ބުދަ | 2:58

މިއަދު ފެށި މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ވިޔަފާރިވެރިންނަށް ފަސޭހައިން ކާބޯތަކެތި އެތެރެކުރެވޭނެ ގޮތް ހެދުމަށް ޓަކައި މަރުކަޒީ ބޭންކު އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކޮށްފިއެވެ.

އެމްއެމްއޭއިން ބުނީ، އިއްޔެއިން ފެށިގެން ތިން ހަފުތާގެ މުއްދަތަކަށް ބޭންކުތަކަށް އާންމު އުސޫލުން ވިއްކާ ވަރަށް ވުރެ ބޭރު ފައިސާ އިތުރުކުރާނެ ކަމަށެވެ.

އެގޮތުން އާންމުކޮށް ބޭންކުތަކަށް ވިއްކާ ވަރަށް ވުރެ 32 ޕަސެންޓު އިތުރަށް ބޭރު ފައިސާ ވިއްކާނެ ކަމަށް، އެމްއެމްއޭއިން ބުންޏެވެ.

މައުޟޫޢުތަށް