ތުލުސްދޫ އަންހެން ކެންޑިޑޭޓުގެ ކެންޑިޑެންސީ ބަލައިގަންނަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި

ސަން

18 ފެބްރުއަރީ 2026 | ބުދަ | 3:13

ލޯކަލް ކައުންސިލް އިންތިހާބުގައި ކ. ތުލުސްދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް އަމިއްލަ ގޮތުން ކުރިމަތިލާން ހުށަހެޅި ފާތިމަތު ސޫޒަންގެ ކެންޑިޑޭސީ ބަލައިގަންނަން ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ، ލޯކަލް ކައުންސިން އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ދެ މައްސަލައެއް ހުށަހެޅިއެވެ.

އެއީ، އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށް، ފާޠިމަތު ސޫޒަން، ލަކުސަވީ، ކ. ތުލުސްދޫ ހުށަހެޅި މައްސަލަ އަދި ޢަބްދުލްމަޖީދު، ރިނދަލިގެ، ކ. ގުރައިދޫ ހުށަހެޅި މައްސަލައެކެވެ. އަބްދުލްމަޖީދަކީ ގުރައިދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާން ހުށަހެޅި މީހެކެވެ.

މައުޟޫޢުތަށް