މިފްކޯއިން ދެ މިލިއަން ރުފިޔާ ފޭރިގަތް މައްސަލައިގައި ވަކިކުރި މީހަކަށް ލައްކައެއްހާ ރުފިޔާގެ ބަދަލުދޭން ހުކުމެއް

ސަން

18 ފެބްރުއަރީ 2026 | ބުދަ | 4:57

މީގެ ހަތް އަހަރު ކުރިން، މިފްކޯގެ ވޭނެއްގެ ބިއްލޫރިތައް ތަޅާލައި، ދެ މިލިއަން ރުފިޔާ ފޭރިގަތް މައްސަލައާއި ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވި މިފްކޯގެ ވަޒީފާއިން ވަކިކުރި މުވައްޒަފަކަށް ލައްކައެއްހާ ރުފިޔާ ދޭން ޖެހިއްޖެއެވެ.

ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ދިޔަ މިފްކޯގެ ވޭނެއް މަގުމަތިން ހުއްޓުވައި، ދެ މިލިއަން ރުފިޔާ ފޭރިގަތީ 2019 ވަނަ އަހަރުގެ މާރިޗު މަހެވެ. މި ޖަރީމާ ގައި ފައިސާ ފޭރިގަތީ ބޮޑުތަކުރުފާނު މަގުން މިފްކޯގެ ވޭނެއްގައި ފައިސާ ހިފައިގެން ދަނިކޮށް، ސައިކަލުން ދިޔަ ބަޔަކު އެ ވޭން ހުއްޓުވުމަށް ފަހު އެވެ. ވޭނުގެ ބިއްލޫރިގަނޑު ވެސް ތަޅައި، ފައިސާ ފޭރިގަތް މީހުން ތިބީ މޫނު ނިވާކޮށްގެންނެވެ.

އެ މައްސަލައާ ގުޅިގެން، އޭރު މިފްކޯގެ ޖޫނިއާ އެގްޒެކެޓިވްއެއްގެ މަގާމުގައި ހުރި، މ. ސައިލާ، އިސްމާއިލް ނާތިގު ވަޒީފާއިން ވަކިކުރިއެވެ. އެ މައްސަލަ ނާތިގުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން، 2021 ވަނަ އަހަރުގެ އޭޕްރީލް މަހު ނިންމާފައިވަނީ ނާތިގު ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން އޭނާ ވަޒީފާގައި ހުރިނަމަ ލިބޭނެ މުސާރައާއި އިނާޔަތްތައް އޭނާއަށް ދިނުމަށް އަދި ވަޒީފާ ވެސް އަނބުރާ އިއާދަކޮށްދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހުކުމް ކުރިއެވެ.

މައުޟޫޢުތަށް