ގާތްގަނޑަކަށް 32 އަހަރުގެ ޚިދުމަތަށް ފަހު ސީޕީ ނަވީން ރިޓަޔާކުރައްވައިފި
ސަން
18 ފެބްރުއަރީ 2026 | ބުދަ | 8:14
މި ސަރުކާރުގެ ދެ ވަނަ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން, ގާތްގަނޑަކަށް 32 އަހަރުގެ ޚިދުމަތަށް ފަހު މިއަދު ފުލުހުންގެ މުއައްސަސާއިން ރިޓަޔާކުރައްވައިފިއެވެ.
ނަވީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިއަދު ފެށުނު ރަމަޟާން މަހާއެކު، އޭނާގެ ރިޓަޔާމެންޓް ވެސް ފައްޓަވައިފައިވާ ކަމަށެވެ.
ނަވީން ވަނީ އޭނާ ރިޓަޔާކުރައްވަނީ ގާތްގަނޑަކަށް 32 އަހަރު ފަހުންކަން ފާހަގަކުރައްވައި، އޭނާ ޚިދުމަތާ ދުރަށްޖެހިވަޑައިގަންނަވަނީ ވެސް، ޚިދުމަތާ ގުޅުނުއިރު ގެންގުޅުއްވި ގަބޫލުކުރުންތަކާއެކު ކަމަށް ވިދާޅުވެފައެވެ. އެގޮތުން އޭރު ވެސް ފުލުހުންގެ މުއައްސަސާއަށް ކުރި އިޙުތިރާމާއި، އިތުބާރާއި ގައުމަށް އޮތް ލޯތްބަށް ފަނޑުވުމެއް ނާންނަ ކަމަށް އޭނާ ވިދާޅުވިއެވެ.