ވެމްކޯ މުވައްޒަފުގެ މަރު: އެކްސްކެވޭޓަރު ދުއްވަން އިން މީހާގެ ބަންދަށް އިތުރު 45 ދުވަސް

ސަން

18 ފެބްރުއަރީ 2026 | ބުދަ | 10:17

މިދިޔަ ޖަނަވަރީ މަހުގެ ފަހުކޮޅު ތިލަފުށީގައި މަރުވެފައި އޮއްވާ ފެނުނު އުމުރުން 24 އަހަރުގެ ބިދޭސީ މީހާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި, ސްރީލަންކާ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 45 ދުވަސް ޖަހައިފިއެވެ.

މިދިޔަ ޖަނަވަރީ މަހުގެ 26ވަނަ ދުވަހު ތިލަފުށިން ގެއްލުނު، ބަންގްލަދޭޝަށް ނިސްބަތްވާ އަމީން މިއާ ހޯދުމުގެ މަސައްކަތްކުރަމުން ދަނިކޮށް، އޭނާ މަރުވެފައި އޮއްވާ ފެނުނީ އޭގެ ދެ ދުވަސް ފަހުން އެ މަހުގެ 28ވަނަ ދުވަހެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މަދުރަންގަ ޑިސަނަޔަކަ މެނިކަ ދުރަޔަލަގެއެވެ. ގަސްދަކާ ނުލައި މީހަކު މެރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދުރަޔަލަގެއަށް މީގެ ކުރިން ޖަހައިފައިވާ ބަންދުގެ މުއްދަތު ހަމަވާތީ، މިއަދު އޭނާ ކޯޓަށް ހާޒިރުކުމުން އޭނާގެ ބަންދަށް ވަނީ އިތުރު 45 ދުވަސް ޖަހައިފައެވެ.

މައުޟޫޢުތަށް