ނަވީން ރިޓަޔާކުރެއްވުމުން، ފުލުސް އިދާރާގެ ހިންގުން ވަގުތީގޮތުން ފަރުހާދަށް
ސަން
19 ފެބްރުއަރީ 2026 | ބުރާސްފަތި | 10:12
ފުލުސް ކޮމިޝަނަރު އިސްމާއިލް ނަވީން، ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު އިއްޔެ ރިޓަޔާކުރެއްވުމާ ގުޅިގެން، އެ މުއައްސަސާ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ހަވާލުކުރައްވައިފިއެވެ.
ނަވީން ވަނީ އިއްޔެއިން ފެށިގެން ރިޓަޔަމަންޓް ފައްޓަވައިފައެވެ. ނަވީން ރިޓަޔަކުރެއްވުމާ ގުޅިގެން އެ އިދާރާ ހިންގުމުގެ ޒިންމާ ފަރުހާދު ފިކުރީއާ ހަވާލުކުރެއްވުމަށް ނިންމެވީ މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާނެވެ.
މި ނިންމެވުމާއެކު، އިއްޔެއިން ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތް ވަގުތީގޮތުން ހިންގަވާ އެންމެ އިސްވެރިއަކީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.