މިއަދު ވެސް ނުރައްކާ މިންވަރަށް ވައި ނުސާފު، ސަމާލުވޭ!

ސަން

19 ފެބްރުއަރީ 2026 | ބުރާސްފަތި | 11:55

ރާއްޖޭގެ ބައެއް ސަރަހައްދުތަކުގެ ވައިގެ ނުސާފުކަން މިއަދު ވެސް ހުރީ ސިއްހީ ގޮތުން ނުރައްކާ މިންވަރެއްގައި ކަމަށް ވައިގެ ސާފުމިން ބަލާ "އައިކިއު އެއާ" އިން ދައްކައިފިއެވެ.

ވައިގެ ސާފުމިން ބަލާ މިންގަނޑުތަކަށް ބަލާއިރު، ރާއްޖޭގެ އުތުރުން ކުޅުދުއްފުށީ ސަރަހައްދުގައި މިއަދު ވައިގެ ސާފުމިން ހުރީ 159 ގައެވެ. މިއީ ސިއްހީ ގޮތުން ބަލާއިރު ނުރައްކާ މިންވަރެކެވެ. މީގެ އިތުރުން މެދުރާއްޖޭތެރެއިން މާލޭ ސަރަހައްދުގައި ވެސް ވައިގެ ނުސާފުކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މާލޭ ސަރަހައްދުގެ ވައިގެ ސާފުމިން ހުރީ 154 ގައެވެ.

ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ހޭޒްގެ އަސަރު ފޯރާފައިވީ ނަމަވެސް، މި އަސަރު އެންމެ ކުޑައީ ރާއްޖޭގެ އެންމެ ދެކުނުން ފުވައްމުލަކާއި އައްޑޫއަށެވެ. އެ ސަރަހައްދުތަކުގައި ވައިގެ ސާފުމިން ހުރީ އާދައިގެ ނުވަތަ އާންމު ހާލަތެއްގައެވެ.

މައުޟޫޢުތަށް