މިހާރު މާލެ ބޭރުގައި އޮތް 'ކްރިސްޓަލް ސިމްފޮނީ'އިން އައީ 600 ފަތުރުވެރިން
ސަން
19 ފެބްރުއަރީ 2026 | ބުރާސްފަތި | 1:24
އިއްޔެ ރާއްޖެ އައި، 'ކްރިސްޓަލް ސިމްފޮނީ' އިން 600 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފިއެވެ.
އެ ކްރޫޒްލައިނާ އިއްޔެ ރާއްޖެ އައީ، ސީޝެލްސްގެ ޕޯޓް ވިކްޓޯރިއާއިން ފުރައިގެންނެވެ. މިހާރު މާލެ ބޭރުގައި އެ ކްރޫޒްލައިނާ އޮތް އިރު، މިއަދު 19:00ގައި ސްރީލަންކާގެ ކޮލޮމްބޯއަށް ފުރާނެއެވެ.
ދުއިސައްތަ ތިރީސް އަށް މީޓަރު ދިގު އެ ކްރޫޒްލައިނާއިން ވަނީ، 600 ފަތުރުވެރިންނާއި 530 ކްރޫއިން އައިސްފައެވެ. އެ މީހުންނަށް އިއްޔެ އިމިގްރޭޝަނުގެ ސީޕޯޓު ޑިވިޝަނުގެ އޮފިސަރުން ވަނީ ކްލިއަރެންސް ދީފައެވެ.