ބޮޑު ބަންދުގައި އާންމު ބަލިތައް އާދަޔާ ޚިލާފަށް ގިނަ؛ ބޭރަށް ހިންގުމުގެ ކޭސްތަކަށް 86 ޕަސެންޓުގެ އިތުރުވުމެއް

ސަން

19 ފެބްރުއަރީ 2026 | ބުރާސްފަތި | 3:21

މިދިޔަ ބޮޑު ބަންދުތެރޭ އަރިދަފުސް ރޯގާއާއި ޑެންގީހުމާއި ބޭރަށް ހިންގުން އާދަޔާ ޚިލާފަށް ރާއްޖޭގައި އިތުރުވެފައިވާ ކަމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ޑިސެންބަރު މަހު ބޭރަށް ހިންގައިގެން 3،405 މީހަކު ރިޕޯޓުކުރިއިރު، މިދިޔަ ޖަނަވަރީ މަހު އެ އަދަދު ވަނީ އޭގެ ގާތްގަނޑަކަށް ދެގުނަ ބޮޑުވެފައެވެ. އެގޮތުން މިދިޔަ ޖަނަވަރީ މަހު 7،792 މީހަކު ބޭރަށް ހިންގައިގެން ރިޕޯޓުކޮށްފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެ ތަފާސްހިސާބުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖަނަވަރީ މަހު ރިޕޯޓުކޮށްފައިވަނީ ބޭރަށް ހިންގުމުގެ 4183 ކޭސްއެވެ. އެހެންކަމުން، އެ މުއްދަތާ އަޅައިބަލާއިރު މިދިޔަ ޖަނަވަރީ މަހު ކޭސްތައް ވަނީ 86 ޕަސެންޓް އިތުރުވެފައެވެ.

މައުޟޫޢުތަށް