ސުޕްރީމް ކޯޓުގެ ހުކުމާއެކު، ގުރައިދޫ ކައުންސިލް ރައީސްގެ މަގާމު ޕީއެންސީއަށް

ސަން

19 ފެބްރުއަރީ 2026 | ބުރާސްފަތި | 4:50

މާލެ އަތޮޅު ގުރައިދޫ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލީ ކެންޑިޑޭޓެއްގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު، އެ މަގާމަށް ޝަރުތު ހަމަވަނީ ހަމައެކަނި ޕީއެންސީގެ ކެންޑިޑޭޓަށް ކަމަށްވުމުން، އޭނާ މަގާމަށް އިންތިޚާބު ވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ނިންމައިފިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ގުރައިދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރަން ހުށަހެޅި އެ ރަށު ރިނދަލިގެ، ޢަބްދުލްމަޖީދުގެ ކެންޑިޑެސީ ބަލައިނުގަންނަން އީސީން ނިންމުމުން އޭނާ އެ މައްސަލަ ފުރަތަމަ ހުށަހެޅީ ހައިކޯޓަށެވެ.

ހައިކޯޓަށް އެ މައްސަލަ ބަލައި ނުގަތުމުން ދެން މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. ސުޕްރީމް ކޯޓުން އެ މައްސަލައިގައި ނިންމީ އެ މައްސަލަ ބެލުމުގެ އިހްތިސާސް ނެތް ކަމަށެވެ.

މައުޟޫޢުތަށް