ސިޔާމްގެ ބައްޕާފުޅުގެ ހަނދާނުގައި ކުޑަފަރީގައި ދިވެހީންގެ ތާރީޚާއި ސަގާފަތް ރަމްޒުކޮށްދޭ މިސްކިތެއް
ސަން
19 ފެބްރުއަރީ 2026 | ބުރާސްފަތި | 8:06
ނ. ކުޑަފަރީ ރައްޔިތުންނަށާއި އެ ރަށަށް ޒިޔާރަތްކުރާ ދަތުރުވެރީންނަށް ޚާއްޞަކޮށް އެ ރަށުގެ ބަނދަރުމަތީގައި މިއަދު މިސްކިތެއް ހުޅުވައިފިއެވެ.
މި މިސްކިތް ހުޅުވައިދެއްވީ މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދެވެ.
މި މިސްކިތަކީ އަޙުމަދު ސިޔާމް މުޙައްމަދުގެ ބައްޕާފުޅުގެ ހަނދާނުގައި އެ މަނިކުފާނުގެ އަމިއްލަ ޚަރަދުގައި، އެ މަނިކުފާނުގެ އުފަން ރަށް ކަމުގައިވާ ކުޑަފަރީގައި އަޅުއްވައިދެއްވައިފައިވާ މިސްކިތެކެވެ. މިސްކިތުގެ ނަން ނިސްބަތްކުރައްވައިފައި ވަނީ އެ މަނިކުފާނުގެ ބައްޕާފުޅަށެވެ. އެއީ، "މަސްޖިދު މުޙަންމަދު ޤާސިމް" އެވެ.