ރެޑްވޭވުން ނެސްކެފޭ ފުޅިއެއް ވަގަށް ނެގި މީހަކަށް ފަސް މަހުގެ ޖަލު ހުކުމެއް

ސަން

19 ފެބްރުއަރީ 2026 | ބުރާސްފަތި | 9:51

މިދިޔަ ޑިސެމްބަރު މަހު، ރެޑްވޭވް ޕްލާޒާއިން 175 ރުފިޔާއަށް ދޭ، ނެސްކެފޭ ކްލެސިކް ކޮފީ ފުޅިއެއް ވަގަށް ނެގި މީހެއްގެ މައްޗަށް ފަސް މަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ނެސްކެފޭ ފުޅިއެއް ވަގަށް ނެގި މައްސަލައިގައި، ޖަލު ހުކުމެއް އިއްވާފައިވަނީ ށ. ކޮމަންޑޫ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުން ނިންމި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، އެ މީހާ ވަނީ ރެޑްވޭވް ޕްލާޒާއިން ކޮފީ ފުޅިއެއް ވަގަށް ނަގައި، އޭނާގެ ޓީޝާޓު ތެރެއަށްލައި ފޮރުވައިގެން ފައިސާ ނުދައްކައި ފިހާރައިން ނުކުމެގެން ދާން މަސައްކަތްކޮށްފައެވެ.

މައުޟޫޢުތަށް