ހިޔާ ޓަވަރުތަކަށް ކުނި އެޅުން: އާންމުންގެ ޝަކުވާއަކަށްވީ އުކާލެވޭނެ ފަސޭހަ އިންތިޒާމެއް ނެތުން

ސަން

19 ފެބްރުއަރީ 2026 | ބުރާސްފަތި | 10:39

ހިޔާ ޓަވަރުތަކަށް ކުނި އެޅުން ގޯސް ނަމަވެސް، ކުނި އުކާލެވޭނެ ފަސޭހަ އަދި ޚަރަދުކުޑަ ނިޒާމެއް ވެސް ހަމަޖެހިފައި އޮންނަންޖެހޭނެ ކަމަށް ބުނެ އާންމުން ނުރުހުން ފާޅުކޮށްފިއެވެ.

ރޯދަ މަހާ ދިމާކޮށް، ގޭތެރޭގައި ބޭނުންކުރާ ފަރުނީޗަރު ފަދަ ތަކެތި އާ ކުރުމަކީ ދިވެހީންގެ ތެރޭގައި އޮންނަ އާދައެކެވެ. އެ ކަމުގެ ތެރެއިން، ގިނަ ފަހަރަށް އުކާލާ ތަކެތިން އާއްމު ތަންތަން ގޮނޑަކަށް ހެދުމަކީ ކޮންމެ ރޯދަ މަހަކާ ދިމާކޮށް ވެސް އާއްމުކޮށް ހިނގާ ކަމެކެވެ.

އެ މައްސަލަ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފުލެޓުތަކުގައި ވަރަށް ފަހުން ދިމާވިއެވެ. އެ މައްސަލައިގައި ދެ މީހަކު ޖޫރިމަނާ ވެސް ކުރިއެވެ. އަދި މިފަހަރުގެ ރޯދަމަހާ ދިމާކޮށް ހިޔާ ޓަވަރުގެ ލިފްޓުތައް ކައިރީ ހުސްކޮށް އޮންނަ ސަރަހައްދު ވެސް ވަނީ ކުނިން ފުރިފައެވެ.

މައުޟޫޢުތަށް