ތޫނު އެއްޗަކުން ފުލުހަކަށް ހަމަލާ ދިން ކަމުގެ ތުހުމަތުވާ މީހަކު ޝަރީއަތް ނިމެންދެން ބަންދަށް
ސަން
20 ފެބްރުއަރީ 2026 | ހުކުރު | 3:31
ތޫނު އެއްޗަކުން ފުލުހަކަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ބަންދުކޮށްފައި ވަނީ. ހދ ނޮޅިވަރަންފަރަށް ނިސްބަތްވާ 27 އަހަރުގެ ފިރިހެނެކެވެ.
އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ، ތޫނު ހަތިޔާރުން މާރާމާރީ ހިންގި ކަމަށެވެ. ކޯޓުން ވަނީ، ރިމާންޑު ޖަލެއްގައި އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައެވެ.