ގަވައިދާ ޚިލާފަށް މާލޭގެ މަގުތަކުގައި ހުރި އުޅަނދުތައް ނަގަން އެދިއްޖެ، ނުނަގާނަމަ ޓޯކުރާނެ ކަމުގެ އިންޒާރު
ސަން
20 ފެބްރުއަރީ 2026 | ހުކުރު | 3:50
މާލޭގެ މަގުތަކުގައި ގަވައިދާ ޚިލާފަށް ބަހައްޓާފައި ހުރި އުޅަނދުތައް ނަގަން އެދި، މުއްދަތު ހަމަވާއިރު އުޅަނދު ނުނަގަނާމަ، ޓޯކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.
އިއްޔެ ފުލުހުން ކުރި އިއުލާނެއްގައި ވަނީ، ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައި ހުރި އުޅަނދުތަކާއި ރަޖިސްޓްރީނުކޮށް ހުރި އުޅަނދުތައް އަންނަ އާދިއްތަ ދުވަހުގެ 23:30ގެ ކުރިން ނަގަން އެދިފައެވެ.
އެ މުއްދަތުގެ ފަހުން އަންނަ ހޯމައިން ފެށިގެން އެ އުޅަނދުތައް ޓޯކުރަން ފަށާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިގޮތުން، އުޅަނދުތައް ޓޯކުރާނީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ފުލުހުންނަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާގެ ދަށުން އެ ޚިދުމަތުން ކަނޑައަޅާ ތަނަކަށް ކަމަށް އިއުލާނުގައިވެއެވެ.