މީހަކު ރަހީނުކޮށްގެން ގެންގުޅެ، އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ސަން
21 ފެބްރުއަރީ 2026 | ހޮނިހިރު | 12:37
މީހަކު ރަހީނުކޮށްގެން ގެންގުޅެ، އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްއަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 1:22ހާއިރު، ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓާފައިވާ ކަމުގެ ރިޕޯޓު ލިބުނު ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު ތެރެއިން ކުރި މަސައްކަތުން، އެ މީހާ ހިފަހައްޓާފައި ހުރި ތަން ދެނެގަނެ، ބާރުގެ ބޭނުންކޮށްގެން ވަދެ، 2:29ހާއިރު އެ މީހާ ސަލާމަތް ކުރި ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި، މީހަކު ރަހީނުކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ، އިގްބާލް މިއާ ކިޔާ މީހެކެވެ.