ރޯދަމަހުގެ ފުރަތަމަ ހަތަރު ދުވަސް ތެރޭ، ޖުމްހޫރީ މޭވާގެ އަގު 80 ރުފިޔާއިން 140އަށް

ސަން

21 ފެބްރުއަރީ 2026 | ހޮނިހިރު | 1:39

ފަނި ގިރުމަށް ގިނަ ބަޔަކު ބޭނުންކުރާ ޖުމްހޫރީ މޭވާގެ އަގު، ރޯދަމަހުގެ ފުރަތަމަ ހަތަރު ދުވަސް ތެރޭ 80 ރުފިޔާއިން 140 ރުފިޔާއަށް އުފުލިއްޖެއެވެ.

މާރުކޭޓުގެ ގޮޅިއެއްގައި ތަކެތި ވިއްކަން އިން މުޙައްމަދު އާރިފް 'ސަން' އަށް މައުލޫމާލު ދެމުން ބުނީ، ޒަމާނުއްސުރެ ދިވެހީން ފަނިގިރުމަށް ބޭނުންކުރަމުން އަންނަ ޖުމްހޫރީ މޭވާ ކިލޯއެއް ބާޒާރުގައި މިއަދު ލިބެންހުރީ 140 ރުފިޔާއަށް ކަމަށެވެ. ޖުމްހޫރީ މޭވާގެ އަގު ވަރަށް ބޮޑަށް އުފުލިފައި ވާކަމަށާއި، ރޯދަ މަސް ފެށުނުއިރު ޖުމްހޫރީ މޭވާ ކިލޯއެއް 80 ރުފިޔާއަށް ލިބޭކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

އާރިފް ބުނީ ފަނިގިރުމަށް ގިނަ ދިވެހީން ބޭނުންކުރާ އޮރެންޖުގެ އަގު މިއަދު އުޅެނީ 15 ރުފިޔާއާއި 12 ރުފިޔާއާ ދެމެދުގެ އަގެއްގައި ކަމަށެވެ. އޭނާ ވަނީ އޮރެންޖުގެ އަގުވެސް ވަރަށް ބޮޑަށް އުފުލިގައި ވާކަން ފާހަގަކޮށް، މީގެ ކުރީން ފަސް ރުފިޔާ ނުވަތަ ހަ ރުފިޔާއަށް ބާޒާރުގައި އޮރެންޖު ވިއްކި ކަމަށް ބުނެފައެވެ.

މައުޟޫޢުތަށް