ސ. ފޭދޫގައި މަސައްކަތްކުރާ ލަންކާ ރައްޔިތަކު އިސްލާމްވެއްޖެ

ސަން

21 ފެބްރުއަރީ 2026 | ހޮނިހިރު | 8:42

އައްޑޫ ސިޓީ، ފޭދޫގައި މަސައްކަތް ކުރަމުން އަންނަ ސްރީ ލަންކާގެ ރައްޔިތަކު އިސްލާމްދީން ގަބޫލުކޮށް، މިއަދު ޝަހާދަތް ކިޔައިފިއެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި، އިސްލާމްދީން ގަބޫލުކޮށްފައިވަނީ އެ ރަށުގައި މަސައްކަތްކުރާ ލަންކާ މީހަކެވެ. އޭނާއަކީ ފޭދޫ ނަޔާ ސެލޫންގައި މަސައްކަތް ކުރާ މީހެއް ކަމަށް ޕޯސްޓުގައިވެއެވެ.

އިސްލާމްވީ ޖަޔަސިންހަ އަރައްޗިގޭ ވަރުނަ ޕްރަބާތު ސަދަރުވަންއެވެ. އިސްލާމްދީން ގަބޫލުކުރުމަށްފަހު އޭނާގެ ނަން މިހާރު ވަނީ "ޢަބްދުﷲ އާދަމް"ގެ ނަމަށް ބަދަލުކޮށްފައެވެ.

މައުޟޫޢުތަށް