ސައުދީގެ ފަރާތުން ބާއްވާ ރޯދަވީއްލުމުގެ ޚާއްސަ ޕްރޮގްރާމް މި އަހަރު ވެސް ރާއްޖޭގައި ފަށައިފި

ސަން

21 ފެބްރުއަރީ 2026 | ހޮނިހިރު | 9:24

ރަމަޟާން މަހާ ގުޅުވައިގެން ސައުދީ އަރަބިއްޔާގެ ރަސްގެފާނު މުޙައްމަދު ބުން އަބްދުލް ޢަޒީޒްގެ ފަރާތްޕުޅުން ކޮންމެ އަހަރަކު ވެސް ދިވެހިރާއްޖޭގައި ކުރިއަށްގެންދާ ރޯދަވީއްލުމުގެ ޚާއްސަ ޕްރޮގްރާމް މި އަހަރުވެސް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން މަޢުލޫމާތު ދިން ގޮތުގައި، މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ބިން ޙަސަން އަލް ޤަޙްތާނީއެވެ. މި ހަފްލާގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ދެ އިދާރާގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

މި ޕްރޮގްރާމަކީ ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑަންސްގެ ބެލުމުގެ ދަށުން ދުނިޔޭގެ އެކި ގައުމުތަކުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މައުޟޫޢުތަށް