ރޯދަމަހު ދުވާލު ކާންއިން ދިވެހި ފިރިހެނަކު އަނެއްކާވެސް ހައްޔަރުކޮށްފި

ސަން

22 ފެބްރުއަރީ 2026 | އާދިއްތަ | 9:49

ރޯދަމަހު ދުވާލު ކާން އިން ދިވެހި ފިރިހެނަކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

ކާން އިންދައި މި ފަހަރު ހައްޔަރު ކުރީ، ޅ. ކުރެންދޫ މީހެކެވެ. އޭނާ ހައްޔަރު ކުރީ، ވައްކަމުގެ ތުހުމަތުގައެވެ. އެއީ، މޯލްޑިވްސް ޑިޖިޓަލް ސާވިސްއިން ވައްކަން ކުރިކަމުގެ ތުހުމަތުގައެވެ.

އޭނާ ހައްޔަރުކޮށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށްވަނީ ފަސް ދުވަސް ޖަހައިފައެވެ. އޭނާގެ ބަންދު އަމުރުގައި އޭނާއާ ހަވާލާދީ ބުނެފައިވާ ގޮތުގައި އޭނާ އުޅޭނެ ތަނެއް ނެތެވެ. އަދި ކާނެ ގޮތެއް ބޯނެ ގޮތެއް އަދި ވަޒީފާއެއްވެސް ނެތެވެ. އޭނާ ނިދަނީ މަގުމަތީގަޔާއި ޖޯލި ފަތިތަކުގައި ކަމަށް އޭނާ ބުނެފައިވެއެވެ.

މައުޟޫޢުތަށް