ޗާގޯސްއަށް ދާން ރާއްޖެ އައި އިނގިރޭސި މަޖިލިސް މެންބަރު ފަރާޖު، ރާއްޖެއިން "ހުއްޓުވައިފި"

ސަން

22 ފެބްރުއަރީ 2026 | އާދިއްތަ | 11:26

ޗާގޯސްގެ ރަށްވެހިންނަށް އެހީ ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުގެ ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖް, ރާއްޖެ ވަޑައިގެން، ޗާގޯސްއަށް ދަތުރުކުރައްވަން އުޅުމުން އިނގިރޭސި ސަރުކާރުން ޕްރެޝަރުކޮށްގެން ދިވެހި ސަރުކާރުން އެ ކަމަށް ހުރަސްއެޅިކަމުގެ ތުހުމަތު އޭނާ ކުރައްވައިފިއެވެ.

ޗާގޯސްގައި ދާއިމީކޮށް ވަޒަންވެރިވުމަށް މަސައްކަތް ކުރަމުންދާ އެ ތަނަށް ނިސްބަތްވާ ކަމަށް ބުނާ ހަތަރު މީހަކަށް ބޭނުންވާ އެހީގެ ތަކެއްޗާއެކު ފަރާޖް މިހާރު ހުންނެވީ ރާއްޖޭގައެވެ.

އޭނާ މަސައްކަތް ކުރެއްވީ ޗާގޯސްގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ހިފައިގެން ދަތުރުކުރާ ބޯޓެއް އެ ސަރަހައްދަށް ފޮނުވުމަށެވެ. އަދި އޭގައި އޭނާ ވެސް ދިއުމަށެވެ.

މައުޟޫޢުތަށް