ބޭސްފަރުވާއަށް ބޭރަށް ދާއިރު ބީއެމްއެލްގެ އެޕް މެދުވެރިކޮށް މިހާރު ޑޮލަރަށް އެދި ހުށަހެޅޭނެ

ސަން

22 ފެބްރުއަރީ 2026 | އާދިއްތަ | 1:05

ގައުމީ ބޭންކު ބީއެމްއެލްގެ މޯބައިލް އެޕް މެދުވެރިކޮށް، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށްދާ ފަރާތްތަކަށް ޑޮލަރަށް އެދި ހުށަހެޅޭ ގޮތް ހަދައިފިއެވެ.

ބީއެމްއެލުން ބުނީ، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށްދާ ފަރާތްތަކަށް ޑޮލަރަށް އެދި މިއަދުން ފެށިގެން ބީއެމްއެލްގެ އެޕް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. އެގޮތުން، ޑޮލަރަށް އެދި ހުށަހަޅާނަމަ މޯބައިލް އެޕުގައި "ޑޭޝްބޯޑް"އަށް ގޮސް، ދާން ޖެހޭނީ "މެޑިކަލް ޑޮލާ ރިކުއެސްޓް"އަށެވެ.

ބޭންކުން ބުނީ، ޑޮލަރު ގަތުމަށް އެދި ހުށަހަޅާއިރު، ބޭނުންވާނެ ލިޔެކިޔުންތައް މައުލޫމާތު އެޕުން ހުށަހަޅައި، އެޕްލިކޭޝަންގެ ކަންކަން ކުރިއަށްދާ ގޮތް ވެސް ވަގުތުން ކަސްޓަމަރުންނަށް ބަލައިލެވޭނެ ކަމަށެވެ.

މައުޟޫޢުތަށް