ފަރާޖު ޗާގޯސްއަށް ދިއުން ހުއްޓުވަން އިނގިރޭސި ސަރުކާރުން ޕްރެޝަރެއްނުކުރޭ: ދިވެހި ސަރުކާރު
ސަން
22 ފެބްރުއަރީ 2026 | އާދިއްތަ | 1:36
ޗާގޯސްގެ ރަށްވެހިންނަށް އެހީ ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުގެ އިދިކޮޅު ޕަޓީ، ރިފޯމް ޔޫކޭގެ ލީޑަރު ނައިޖަލް ފަރާޖް, ރާއްޖެ ވަޑައިގެން، ޗާގޯސްއަށް ދަތުރުކުރައްވަން އުޅުމުން އިނގިރޭސި ސަރުކާރުން ޕްރެޝަރުކޮށްގެން ދިވެހި ސަރުކާރުން އެ ކަމަށް ހުރަސްއެޅިކަމުގެ ބުނެ ދެއްކެވި ވާހަކަތައް ދިވެހި ސަރުކާރުން ދޮގުކޮށްފިއެވެ.
ޗާގޯސްގައި ދާއިމީކޮށް ވަޒަންވެރިވުމަށް މަސައްކަތް ކުރަމުންދާ އެ ތަނަށް ނިސްބަތްވާ ކަމަށް ބުނާ ހަތަރު މީހަކަށް ބޭނުންވާ އެހީގެ ތަކެއްޗާއެކު ފަރާޖް މިހާރު ހުންނެވީ ރާއްޖޭގައެވެ. އޭނާ މަސައްކަތް ކުރެއްވީ ޗާގޯސްގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ހިފައިގެން ދަތުރުކުރާ ބޯޓެއް އެ ސަރަހައްދަށް ފޮނުވުމަށެވެ. އަދި އޭގައި އޭނާ ވެސް ދިއުމަށެވެ.
ފަރާޖް ވިދާޅުވި ގޮތުގައި، އޭނާ ޗާގޯސްގެ "އީލް ޑު ކޮއިން" އަށް ފައިބައިފާނެތީ، އެކަން ހުއްޓުވުމަށް އިނގިރޭސި ސަރުކާރުން ބޭނުންވާކަމުގެ މަޢުލޫމާތު ދިވެހި ސަރުކާރުގެ އިސް މަސްދަރަކުން އޭނާއަށް ވަނީ ދީފައެވެ.