އަނެއްކާވެސް ވިލިމާލެއަށް ބަގީގެ ޚިދުމަތް ދޭނެ ބަޔަކު ހޯދަނީ

ސަން

22 ފެބްރުއަރީ 2026 | އާދިއްތަ | 3:02

ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ބޭނުންކުރުމަށް ތިމާވެއްޓާއި ރައްޓެހި، އިލެކްޓްރިކް ބަގީ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން މިއަދު އިއުލާނުކޮށްފިއެވެ.

އަލުން އެ ޚިދުމަތް ދޭން އިއުލާނުކުރިއިރު މީގެ ކުރިން ވެސް ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ދޭން ފެށިއެވެ. އެއީ އޭޕްރީލް 3، 2023 ގައެވެ. އޭރު ބަގީގެ ޚިދުމަތް ފޯރުކޮށްދޭން މާލޭ ސިޓީ ކައުންސިލުން ވަނީ 10 ބަގީ ގެނެސްފައެވެ.

ނަމަވެސް ބަގީތައް ހަލާކުވެ, ޚިދުމަތްދޭން ދަތިވުމުގެ ސަބަބުން އާ ބަގީތަކެއް ގެންނަން ސިޓީ ކައުންސިލުން އަނެއްކާވެސް ނިންމީއެވެ.

މައުޟޫޢުތަށް