ހައިކޯޓުން ބޭރުކޮށްލި ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވާ މައްސަލަ، އަލުން ހުށަހަޅައިފި
ސަން
22 ފެބްރުއަރީ 2026 | އާދިއްތަ | 3:28
ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަކުރަން ސަރުކާރުން ނިންމި ނިންމުން ބާތިލުކުރަން އެދި ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލާފައި ވަނިކޮށް، އެ މައްސަލަ އިސްލާހާއެކު އަލުން ހުށަހަޅައިފިއެވެ.
ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ބާތިލުކުރަން، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައިކޯޓަށް ހުށަހަޅާފައިވަނީ ސޭވް މޯލްޑިވްސް ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ތިމާވެށީގެ އެކްޓިވްސްޓް ހުމައިދާ އަބްދުލްޣަފޫރާއި މ. މާމުލި، މުހައްމަދު ސިނީންގެ ފަރާތުންނެވެ.
އެ މައްސަލަ އެންމެ ފުރަތަމަ ހުށަހެޅުމާއެކު ބޭރުކޮށްލީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހެވެ.