11 ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ގާއިމުކޮށްފި
ސަން
22 ފެބްރުއަރީ 2026 | އާދިއްތަ | 4:24
ރާއްޖޭގައި ލެބޯޓްރީ ނެތް 76 ރަށެއްގައި ލެބޯޓްރީ ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން، މިހާތަނަށް 11 ރަށެއްގައި ލެބޯޓްރީ ގާއިމުކޮށްފައިވާ ކަމަށް ހެލްތް މިނިސްޓްރީއިން ބުނެފިއެވެ.
ރާއްޖޭގައި ލެބޯޓްރީ ނެތް ރަށްރަށުގައި އެ ޚިދުމަތް ދޭން ފެށުމަށް ޚާއްސަ މަޝްރޫއެއް ފަށާފައި ވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ހެލްތް މިނިސްޓްރީއިން ބުނީ، މި ހިނަގަމުންދާ 2026 ވަނަ އަހަރު ނިމުމުގެ ކުރިން، ލެބޯރެޓަރީ ނެތް 76 ރަށެއްގައި ލެބޯޓްރީ ގާއިމުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، މިދިޔަ ބުދަދުވަހުގެ ނިޔަލަށް 11 ރަށެއްގައި ލެބޯޓްރީ ގާއިމުކުރެވި ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެެ.