ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކް ފުޅިއަށް ކާބޯތަކެތި އަޅައިގެން ނުވިއްކަން އެމްއެފްޑީއޭއިން އަންގައިފި
ސަން
22 ފެބްރުއަރީ 2026 | އާދިއްތަ | 8:15
ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކް ފުޅިއަށް ކާބޯތަކެތި އަޅައިގެން ނުވިއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު އަންގައިފިއެވެ.
އެމްއެފްޑީއޭއިން ބުނީ، ކާބޯތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައިވާ ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް، ވިޔަފާރީގައި ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ ފުޅިތަކަކީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ގޮތަށް ވަކި ވައްތަރެއްގެ ޕްލާސްޓިކް ނުވަތަ ޕޮލިއެތިލީން ޓެރަތަޔަލޭޓް (ޕީއީޓީ)ން ތައްޔާރުކޮށްފައިވާ ފުޅިތަކެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އަދި އެއީ ހަމައެކަނި ވަކި ކަހަލަ އުފެއްދުންތަކަށް ބޭނުންކުރެވޭ ޕްލާސްޓިކްގެ ބާވަތެއް ކަމަށް ވެސް އެމްއެފްޑީއޭއިން ބުންޏެވެ.