އައްޑޫ ސްކޫޕް ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހުށަހެޅި މައްސަލައިގެ އަޑު އެހުން ކެންސަލް
ސަން
22 ފެބްރުއަރީ 2026 | އާދިއްތަ | 10:02
އައްޑު އަތޮޅުގައި ހަރަކާތާތްތެރިވާ ސްކޫޕް ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅައި ދިނުން އެދި ދައުލަތުން ހުށަހެޅި މައްސަލަ މިއަދު ފަށަން ތާވަލުކޮށްފައި އޮތުމަށް ފަހު، އަޑު އެހުން ހައިކޯޓުން ކެންސަލްކޮށްފިއެވެ.
ގޭންގްތައް ހުއްޓުވަން މިދިޔަ އަހަރު ތަންފީޒުކުރަން ފެށި އާ ގާނޫނުގެ ދަށުން ގޭންގެއްގެ ގޮތުގައި ކަނޑައަޅަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ހުށަހެޅި ފުރަތަމަ ގްރޫޕެއްގެ ގޮތުގައި އައްޑޫ ސިޓީގައި ހަރަކާތްތެރިވާ 'ސްކޫޕު' ގްރޫޕުގެ މައްސަލަ ހައިކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ މެދުތެރޭގައެވެ.
އެ މައްސަލަ ހައިކޯޓަށް ބަލައިގަނެ، ބެންޗު ކަނޑައަޅައި މިއަދު މައްސަލަ ފަށަން އޮތީ ތާވަލުކޮށްފައެވެ. އެހެންނަމަވެސް މިއަދުގެ އަޑު އެހުން ފަހުންވަނީ ކެންސަލް ކޮށްފައެވެ. އަޑު އެހުން ކެންސަލް ކުރި ވަކި ސަބަބެއް ހައިކޯޓުން ހާމަކޮށްފައެއް ނުވެއެވެ.