ސައުދީ އަރަބިއްޔާގެ ފައުންޑިން ޑޭ ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކޮށްފި
ސަން
22 ފެބްރުއަރީ 2026 | އާދިއްތަ | 11:56
ސައުދީ އަރަބިއްޔާގެ "ފައުންޑިން ޑޭ" ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ޚާއްސަ ހަފުލާއެއް މިރޭ ބާއްވައިފިއެވެ.
މާލޭގައި ހުންނަ ސައުދީ އެމްބަސީގައި އޮތް މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަބްދުލް ޣަނީ މުހައްމަދެވެ. މި ހަފުލާގައި ދިވެހި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި، އެކި މުއައްސަސާތަކުގެ އިސް މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްޤަހްތާނީ ވަނީ ސައުދީ ދައުލަތް އުފެދިގެން އައި ގޮތުގެ ތާރީޚާއި، މިއަދު ޒަމާނީ ކުރިއެރުން ހޯދަމުން އަންނަ ބާރުގަދަ ގައުމަކަށް ސައުދީ އަރަބިއްޔާ ބައްޓަންކުރުމުގައި އެ ގައުމުގެ ވެރިން އަދާކުރެއްވި މުހިންމު ދައުރަށް އަލިއަޅުއްވާލައްވާފައެވެ.