ފުވައްމުލަކު ބަންޑާރަކިޅީގެ ރެއިލިންތައް ނައްޓާލައި، ބަޔަކު އަނެއްކާވެސް ގެއްލުންދީފި
ސަން
23 ފެބްރުއަރީ 2026 | ހޯމަ | 10:02
ފުވައްމުލަކުގެ ބަންޑާރަ ކިޅީގެ ބޯޑުވޯކްގެ ރެއިލިންތައް ހަލާކުކޮށް، ބައެއް ބައިތައް ޗަސްބިމުގެ ތެރެއަށް އުކާލައިފިއެވެ.
އިއްޔެ ފުވައްމުލަކު ކައުންސިލުން 'ފޭސްބުކް'ގައި އާންމުކުރި ވީޑިއޯއިން ފެންނަނީ އެ ސިޓީގެ ބަންޑާރަކިޅީގެ ވޯކްވޭ، ނުވަތަ ހިނގައިފައި ދިއުމަށް ޚާއްސަ ސަރަހައްދުގައި ހަރުކޮށްފައި ހުރި ރެއިލިންތަކަށް ބަޔަކު ގެއްލުންދީ، ޗަސްބިމަށް އުކާލާފައިވާ މަންޒަރެވެ.
އެ ވީޑިއޯއިން ފެންނަ މަންޒަރަށް ބަލާއިރު، ވޯކްވޭގެ އިތުރުން، މީހުން ހިޔާކޮށްލަން މަޑުކުރާ ސަރަހައްދުގައި ހަރުކޮށްފައިހުރި ރެއިލިންތައްވެސް ވަނީ ނައްޓާލައި، އުކައިލައިފައެވެ.