ދިރާގުޕޭ މެދުވެރިކޮށް މީލްޕެކް ދިނުމާއި އާއިލާއަކަށް އެހީތެރިވުމުގެ ފުރުސަތު
ސަން
23 ފެބްރުއަރީ 2026 | ހޯމަ | 10:59
މި ރަމަޟާން މަހާ ގުޅިގެން، އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ދިރާގުން ޚާއްސަ ދެ ހަރަކާތެއް ފަށައިފިއެވެ.
ދިރާގުން މިހާރު ވަނީ، ދިރާގުޕޭ މެދުވެރިކޮށް މީލް ޕެކް ހަދިޔާކުރުމާއި، ބޭނުންޖެހިފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
އެ ކުންފުނިން ބުނިގޮތުގައި "މީލް ޕެކް" ހަދިޔާކުރުމުގެ ހަރަކާތަކީ "މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް" އާ ގުޅިގެން، މާލެ ސަރަހައްދުގެ މިސްކިތްތައް ކައިރިން ބިދޭސީ މަސައްކަތްތެރިންނަށް ރޯދަވީއްލުމުގެ ކެއުން ފޯރުކޮށްދިނުމަށް ހިންގާ ހަރަކާތެއް ކަމަށެވެ. މި ހަރަކާތް ފެށުމުގެ ގޮތުން ދިރާގުން ވަނީ 1،000 މީލް ޕެކް މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސްއަށް ހަދިޔާކޮށްފައެވެ. އަދި ދިރާގުޕޭ ބޭނުންކުރާ މީހުންނަށް، އެޕް މެދުވެރިކޮށް 60 ރުފިޔާއަށް މީލްޕެކެއް ހަދިޔާކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.