ގޭންގު ހަރަކާތްތެރިވާނެ ކަމަށް ބެލެވޭ ސަރަހައްދުތައް ފާސްކޮށް، އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ސަން

23 ފެބްރުއަރީ 2026 | ހޯމަ | 12:01

މާލޭ ސަރަހައްދުގައި އާންމުކޮށް ގޭންގުތައް ހަރަކާތްތެރިވާނެ ކަމަށް ބެލެވޭ ސަރަހައްދުތައް ބަލައި، އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މާލޭ ސަރަހައްދުގައި ގޭންގުތައް ހަރަކާތްތެރިވާނެ ކަމަށް ބެލެވޭ ސަރަހައްދުތައް ވޭތުވެދިޔަ ދެ ދުވަހު 423 ފަހަރު ބަލައި ފާސްކޮށްފައިވެއެވެ.

އެގޮތުން 96 މީހަކާ ސުވާލުކޮށް، 13 އުޅަނދެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުންގެ އެ ތަފާސްހިސާބުތަކުގައިވެއެވެ. އޭގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެންމެ އުޅަނދެކެވެ.

މައުޟޫޢުތަށް