ނ. އަތޮޅު ކައުންސިލް އޮޑިޓް: ގަވާއިދާ ޚިލާފަށް "އަތޮޅު ރޭންޖާސް" މަގާމު އުފައްދައި، 74،000 ރުފިޔާ ދިން

ސަން

23 ފެބްރުއަރީ 2026 | ހޯމަ | 12:12

ކައުންސިލުގެ އިދާރީ އޮނިގަނޑުގައި ނުހިމެނޭ އަދި ސިވިލް ސާވިސް ކޮމިޝަނުގެ ހުއްދައެއް ނެތް މަގާމުތަކެއް އުފައްދައި، އެ މަގާމުތަކަށް ނ. އަތޮޅު ކައުންސިލުން މުސާރަ ދީފައިވަނީ ހާޒިރީ ރަނގަޅަށް ބެލެހެއްޓުމެއް ނެތިކަން 2023ވަނަ އަހަރުގެ އޮޑިޓް ރިޕޯޓެއްގައި ހާމަކޮށްފިއެވެ.

އިއްޔެ އޮޑިޓް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ނ. އަތޮޅުގެ ފަރުތަކާއި ފަޅުތައް އަދި ފަޅުރަށްތައް ބެލެހެއްޓުމަށް ޓަކައި "އަތޮޅު ރޭންޖާސް"ގެ ނަމުގައި މުވައްޒަފުން ނެގުމަށް ކައުންސިލުން ނިންމާފައިވަނީ އޮކްޓޫބަރު 2021ގައެވެ.

ނަމަވެސް، ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދުގެ ދަށުން ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ އުސޫލާ އެއްގޮތަށް ފާސްކޮށްފައިވާ އޮނިގަނޑުގައި މި މަގާމުތައް ހިމަނާފައެއް ނުވެއެވެ. އަދި މި މަގާމުތައް އުފެއްދުމާ ގުޅޭގޮތުން ކޮމިޝަނާ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާކަން ކައުންސިލުން މައުލޫމާތު ދީފައިވާ ކަމަށް އޮޑިޓްގައިވެއެވެ.

މައުޟޫޢުތަށް