އީސީގެ މެންބަރުކަމަށް ރިފްޢަތު އައްޔަންކޮށްފި

ސަން

23 ފެބްރުއަރީ 2026 | ހޯމަ | 12:37

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް، އެ ކޮމިޝަނުގެ ކުރީގެ ލީގަލް ހެޑް ރިފްޢަތު ޢަބްދުالله މިއަދު އައްޔަންކޮށްފިއެވެ.

ރިފްޢަތު އެ މަގާމަށް މިއަދު އައްޔަންކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ރިފްޢަތަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމެވެ.

ރިފްޢަތު އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރަން ފާސްކުރީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ އިއްތިފާގުންނެވެ.

މައުޟޫޢުތަށް