ސްރީލަންކާ އެކްސްޕޯގައި ބައިވެރިވާން ދިވެހި ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލައިފި
ސަން
23 ފެބްރުއަރީ 2026 | ހޯމަ | 3:32
ސްރީލަންކާ އެކްސްޕޯގައި ބައިވެރިވާން ދިވެހި ވިޔަފާރިތަކަށް އިކޮނޮމިކް މިނިސްޓްރީން ފުރުސަތު ހުޅުވާލައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އަންނަ ޖޫން މަހު 18އިން 21އަށް ބާއްވާ ސްރީލަންކާ އެކްސްޕޯގައި ބައިވެރިވާން ދިވެހި ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލެވިފައިވާކަން ލަންކާ ސަރުކާރުން އަންގާފައިވާ ކަމަށެވެ.
އެ މައުރަޒު ބާއްވަން ހަމަޖެހިފައި ވަނީ، ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ބަންޑާރަނައިކަ މެމޯރިއަލް އިންޓަނޭޝަނަލް ކޮންފަރެންސް ހޯލުގައެވެ.