ބާޒާރަށް ދޮންކެޔޮ ލިބޭ މިންވަރު މަދުވެ، ކިލޯއެއް 60 ރުފިޔާއަށް އުފުލިއްޖެ
ސަން
23 ފެބްރުއަރީ 2026 | ހޯމަ | 3:46
ދަތުރުވެރިންގެ މާރުކޭޓަށް ދޮންކެޔޮ ލިބޭ މިންވަރު މަދުވެ، ކިލޯއެއްގެ އަގުބޮޑުވެއްޖެއެވެ.
މާރުކޭޓު ގޮޅިއެއްގައި މަސައްކަތް ކުރާ މުހައްމަދު އާރިފް 'ސަން'އަށް ބުނީ ދޮންކޭލުގެ އަގު ބޮޑުވާން ފެށީ، ރަށްތަކުން ލިބޭ މިންވަރު މަދުވުމުން ކަމަށެވެ.
އެގޮތުން، ކުރިން 35އާއި 40 ރުފިޔާއަށް ވިއްކި ދޮންކެޔޮ ކިލޯއެއް މިހާރު ލިބެނީ 50އާއި 60 ރުފިޔާއަށެވެ.