ވަގުރުކު އެޅި ކުޅުދުއްފުށީ މީހަކަށް ޖަލު ހުކުމެއް
ސަން
24 ފެބްރުއަރީ 2026 | އަންގާރަ | 9:53
ވަގުރުކު އެޅި ކުޅުދުއްފުށީ މީހަކު ޖަލަށްލާން އެ ރަށު ކޯޓުން ހުކުމް ކޮށްފިއެވެ.
ވަގުރުކު އެޅި މި މައްސަލައަކީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ އިރާކޮޅު، ކުޅުދުއްފުށީ މީހަކު، އެ ރަށު ގެއަކަށް ހުއްދަނެތި ވަދެ އެގޭ ރުކަކުން 26 ކުރުނބާ އެޅި މައްސަލައެވެ.
މި މައްސަލައިގައި ދައުލަތުން އެ މީހާގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ވައްކަން ކުރުމުގެ ދައުވާއާއި އެނގިހުރެ ހުއްދަ ނޫން ތަނަކަށްވަނުމުގެ ދައުވާއެވެ.